އާމިރު ހާން އާއިލާ އާއި އެކު ޗުއްޓީއަށް ފުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
އެ ދަތުރުގައި އަންހެނުންނާއި ދެ ދަރިންވެސް ބައިވެރިވި އެވެ. އާމިރު ޗުއްޓީއަށް ދާކަން އިންޑިއާ މީޑިއާއަށް އެނގުނީ އެއާޕޯޓަށް ފުރަސް ގޮސް ހުއްޓައެވެ.
އެކަން ރިޕޯޓު ކުރި ހުރިހާ ނޫސްތަކެއްގައި ބުނެފައިވަނީ އާމިރު ޗުއްޓީއަށް ދާ ގައުމެއް ނޭނގޭ ކަމަށެވެ. ޗުއްޓީ ނިންމާލުމަށް ފަހު އެނބުރި ގައުމަށް ދިޔައީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
އޭގެ ފަހުން ސޯޝަލް މީޑިއާގައި އެމީހުންގެ ދަތުރުގައި ޗުއްޓީ ހޭދަ ކުރި ރިސޯޓުގެ މުވައްޒަފުންތަކަކާއި އެކު ނަގާފައިވާ ފޮޓޯއެއް އާންމުވުމުން އިންޑިއާ މީޑިއާ އިން ހީކުރީ އާމިރު ޗުއްޓީ ހޭދަ ކުރީ ރާއްޖޭގައި ކަމަށެވެ. އިންޑިއާ މީޑިއާ އެކަންޏެއް ނޫންނެވެ. ދިވެހި ބައެއް ނޫސްތަކުގައިވެސް ވަނީ އާމިރު ހާން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ގޮސްފި ކަމަށް ހަބަރު ފަތުރާފައި އެވެ.
އެކަމަކު އާމިރު ހާންގެ އާއިލާ ޗުއްޓީ ހޭދަ ކުރަން ދިޔައީ ތައިލެންޑަށެވެ.
އެ ފޮޓޯގެ ފަހަތުން ފެންނަ ރަށްތަކާއި، ފޮޓޯގައި އާމިރާއި އެކު ތިބި އެ ރިސޯޓުގެ މުވައްޒަފުން ލައިގެން ތިބި ޔުނީފޯމުން އިންޑިއާ އާއި ދިވެހި މީޑިއާއަށް އެހެން ހީވީ ކަންނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް