ބޮލީވުޑް ތަރިންގެ ތެރެއިން އެ އަހަރެއްގައި އެންމެ ކާމިޔާބު ތަރިންގެ ގޮތުގައި ބަލަނީ އެންމެ ގިނައިން ދައުލަތަށް އެޑްވާންސް ޓެކްސް ދައްކަންޖެހޭ ތަރިންނެވެ.
އެ ލިސްޓުގައި މިއަހަރު އެންމެ ކުރީގައި އުޅޭ 10 ތަރިންގެ ތެރޭގައި މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ އާއި އާލިއާ ބަޓް އަދި ކަރަން ޖޯހަރު ވަނީ ހިމެނިފައި އެވެ.
މިއަހަރު އެންމެ ގިނައިން އިންޑިއާ ސަރުކާރަށް ޓެކްސް ދައްކަންޖެހުނީ ސަލްމާން ހާން އަށެވެ. އޭނާއަށް ލިބުނު އާމްދަނީ 44.5 ކްރޯޑް ރުޕީޒް ދައްކަންޖެހޭ އިރު މިދިޔަ އަހަރު ވަނީ 32 ކްރޯޑް ޓެކްސްގެ ގޮތުގައި ދައްކާފައި އެވެ.
އަކްޝޭ ކުމާރު 29.5 ކްރޯޑު ދެއްކި އިރު ލިސްޓުގެ ތިން ވަނައިގަ އޮތް ރިތިކް ރޯޝަން ދައްކަންޖެހުނީ 25.5 ކްރޯޑް ރުޕީޒް އެވެ. ލިސްޓުގެ ހަތަރު ވަނައިގަ ކަޕިލް ހިމެނިފައިވާއިރު މިދިޔަ އަހަރު އޭނާއަށް ލިބުނު އާމްދަނީން ދައުލަތަށް ދައްކަން ޖެހުނީ ހަތް ކްރޯޑު ރުޕީޒް އެވެ. އެކަމަކު މިއަހަރު 23.9 ކްރޯޑް ރުޕީޒް ދައްކަންޖެހުނެވެ.
ލިސްޓުގެ ފަސް ވަނައިގަ އޮތް ރަންބީރު ކަޕޫރު 16 ކްރޯޑު ދައްކަންޖެހުނު އިރު އާމިރް ހާން ދައްކަން ޖެހުނީ 14.8 ކްރޯޑެެވެ. ކަރަން ޖޯހަރު 11.7 ކްރޯޑް ރުޕީޒް ދައްކަން ޖެހުނު އިރު ލިސްޓުގެ އަށް ވަނައިގަ އޮތް ދިޕިކާ ޕަދުކޮން ދައްކަން ޖެހުނީ 10.25 ކްރޯޑް ރުޕީޒް އެވެ.
އާލިއާ ބަޓް 4.33 ކްރޯޑް ރުޕީޒް ދައްކަންޖެހުނު އިރު ކަރީނާ ކަޕޫރު ހާން 3.9 ކްރޯދް ރުޕީޒް ދެއްކި އެވެ.
މި ލިސްޓުގައި އަމީތާބް ބައްޗަން އާއި ޝާރުކް ހާން އަދި އައިޝްވާރިޔާ ރާއީ ބައްޗަން ފަދަ ތަރިން ނުހިމެނުނު މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ތަރިން ޓެކްސް ދެއްކުމުގެ މަރުހަލާގައި ލިޔެކިޔުންތަކެއް ލީކުވި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް