ފްލޮރިޑާގެ ފިރިހެނަކު، އޭނާގެ ލޯބިވެރިޔާ އޮޅުކޮށްގެން ގެންގުޅޭ މުސަޅެއްގެ ގައިގާ އަލިފާން ރޯކޮށްލިކަން ފަޅާއެރުމުން އޭނާގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މީޑިއާ ރިޕޯޓްތަކުގައިވާގޮތުން މުސަޅުގައި އަލިފާން ރޯކޮށްލުމުން ޖަލު ހުކުމެއް އިއްވާފައިވަނީ އުމުރުން 23 އަހަރުގެ މަނާސިލް ވޯކާ ކިޔާ މީހެއްގެ މައްޗަށެވެ.
މުސަޅުގައި އަލިފާން ރޯކުރީ ގަސްތުގައި ނޫންކަމަށް ތަހުގީގުގައި އޭނާ ބުނި ނަމަވެސް ހެކީންގެ ހެކިބަހުން ސާބިތުވެފައިވަނީ އެ މުސަޅުގައި މަނާސިހް އަލިފާން ރޯކުރީ އެ މުސަޅު މަރާލުމުގެ ނިޔަތުގައި ކަމަށެވެ. އެ ހާދިސާގައި އެ މުސަޅުގެ އެއް ކަންފަތް އެކުގައި އަނދާހުލިވުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް