ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހާއްސަ ދުއާއެއްކޮށް، 150 ބަކަރި ކަތިލައި މިރޭ ސަދަގާތްކޮށްފި އެވެ.
މާފަންނު ސްޓޭޑިއަމްގައި ޖަމާއަތުގައި އިޝާ ނަމާދަށް ފަހު އިސްވެ ދުއާ ކޮށްދެއްވީ އިސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލްގާރީ އަހުމަދު ރަޝީދެވެ. އިމާމުވެ އިޝާ ނަމާދު ކުރެއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އިޝާ ނަމާދުގަ އާއި ހާއްސަ ދުއާގައި ރައީސް އަބްދުﷲ ޔާމީނާއި ގިނަ ވަޒީރުން ބައިވެރިވެވަޑައިގަތެވެ. އަދި ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވި އެވެ.
މިރޭގެ ދުއާގައިވަނީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށާއި ދީނާއި ގައުމުގެ ދުޝްމަނުންގެ ކިބައިން ދިވެހި ސަލާމަތް ކޮށްދެއްވުމަށް އެދިފަ އެވެ. އަދި އެކި ކަންކަމުގައި ހައްދު ފަހަނައަޅައިދިއުމުގެ ކުށްތައް ފުއްސެވުން އެދި ދުއާކުރި އެވެ.
"މާރާމާރީ ހިންގުމާއި ގެއްލުން ދެނިވި އަމަލުތަކުން މުޅި މުޖުތަމައު ރައްކާތެރި ކުރައްވާނދޭވެ. އަޅަމެންގެ ހިތްތައް އެކުވެރިކުރައްވައި ހަސަދަވެރިކަމާއި ރުޅިވެރިކަމާއި ފިތުނަ ފަސާދަ އަޅުގަނޑުމެންގެ ތެރެއިން ނެތި ކުރައްވާނދޭވެ،" ދުގާއި އަހުމަދު ރަޝީދު ވިދާޅުވި އެވެ.
މިރޭގެ ހަރަކާތުގައި ވަނީ ހާއްސަ މަދަހައެއް ހުށަހަޅައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް