ޖިހާދަށް ކަމަށް ބުނެ ސީރިއާގައި ހަރަކާތްތެރިވަމުންދާ އައިސިސް ޖަމާއަތާއި ބައިވެރިވެ ހަނގުރާމަ ކުރުމަށް އެއްމާބަނޑު ދެކުދިން އެ ގައުމަށް ފޮނުވަން އުޅުނު މަންމައަކު ހައްޔަރުކޮށްފި އެވެ.
ސްޕެއިންގައި ދިރިއުޅޭ މޮރޮކޯއަށް ނިސްބަތްވާ އެ އާއިލާގެ ދެ ކުދިން ސީރިއާއަށް ފޮނުވަން އުޅުނުކަމުގެ ތުހުމަތުގައި އެކުދިންގެ މަންމަ ހައްޔަރު ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދ ބުދަދުވަހު ކޯޓުން ވަނީ އެ އަންހެން މީހާގެ ބަންދުގެ މުއްދަތުު އިތުރުކޮށްފަ އެވެ.
އުމުރުން 16 އަހަރުގެ އެ ދެބެން އާއި އެ ކުދިންގެ މައިންބަފައިން ހައްޔަރު ކުރީ ބާސެލޯނާ ކައިރީ އޮންނަ ސިޓީއަކުންނެވެ. އެ މައްސަލައިގަ އެކުދިންގެ ބައްޕަ ހައްޔަރުކުރުމަށް ފަހު ފަހުްނ ދޫކޮށްލީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ކޮންމެ ހަފްތާއަކު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޝަރުތުކޮށްފައެވެ.
މީގެ އަހަރެއްހާ ދުވަސް ކުދިން އެކުދިންގެ ބޭބެވެސް ވަނީ ސީރިއާއަށް ގޮސް ހަނގުރާމާގައި މަރުވެފަ އެވެ. ސްޕެއިން ފުލުހުން ބުނީ އެ އާއިލާއަށް ފާރަލާން ފެށީ އެހިސާބުން ކަމަށެވެ. އަދި ވަރަށް ގާތުން އެ ދެކުދިންގެ އުޅުން ބަލަމުންދިޔަ ކަމަށް ފުލުހުން ބުނެ އެވެ.
ސްޕެއިންގެ ގައުމީ ކޯޓުން ބުނާ ގޮތުގައި އެ ދެބެއިން ތުރުކީގެ މަގުން ސީރިޔާއަށް ދިޔުމުގެ ދަތުރުގެ ކަންތައްތައް އެ އަންހެންމީހާ ވަނީ ހަމަޖައްސާފައެވެ.
ސްޕެއިންގެ މީޑިއާއިން ބުނާގޮތުގައި ފުލުހުން ބެލިބެލުމުން މި ވޭތުވެދިޔަ ތަނުގައި ދެކުދިން ވަނީ މޮރޯކޯގައި ގުރުއާން ދަސްކުރުމަށްޓަކައި، ކުރިން ކިޔަވަމުން ދިޔަ ސްޕެއިންގެ ސުކޫލުން ވަކިވެފައެވެ. އަދި ޖިހާދަށް ދާން ގުޅޭ މީހުންގެ ނެޓްވޯކަކާ ގުޅުން ބާއްވާކަމަށްވެ އެވެ.
2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖިހާދަށް ކަމަށް ބުނެ ސީރިއާއަށް ދާން އުޅުނު 29 މީހަކު ސްޕެއިންގެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ސްޕެއިންގެ ކަމާ ބެހޭ ފަރާތްތަކުން ބުނާގޮތުގައި މިހާތަނަށް ސްޕެއިންގެ 100 އަށްވުރެ ގިނަ ރައްޔިތުންވަނީ ސީރިޔާ ނުވަތަ އިރާގުގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް