"އޯޓިޒަމް ސްކޫލް ކުދިންނަށްޓަކައި އެއް ރުފިޔާ" ކެމްޕެއިން ފަށައިފި

މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ އޯޓިޒަމް ދުވަހާއި ގުޅިގެން "އޯޓިޒަމް ސުކޫލް ކުދިންނަށްޓަކައި އެއް ރުފިޔާ" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް އޯޓިޒަމް އެސޯސިއޭޝަނުން ފަށައިފި އެވެ. އެ ކެމްޕޭން ފައްޓަވައ...

02 Apr 2015 | 09:11

މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ އޯޓިޒަމް ދުވަހާއި ގުޅިގެން "އޯޓިޒަމް ސުކޫލް ކުދިންނަށްޓަކައި އެއް ރުފިޔާ" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް އޯޓިޒަމް އެސޯސިއޭޝަނުން ފަށައިފި އެވެ.

އެ ކެމްޕޭން ފައްޓަވައިދެއްވީ އެފްއޭއެމް ގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލާއި ޑިސްއެބިލިޓީ އެމްބެސެޑަރު، އަދި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ފައިސަލް ނަސީމްއެވެ.

އޯޓިޒަމް އާއި ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އޯޓިޒަމް އާއި ބެހޭ އެކި މައުލޫމާތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އޯޓިޒަމް އެސޯސިއޭޝަނުން ބުނެއެވެ. އެގޮތުން އޯޓިޒަމް އަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ވޯލްކް ރަން ޓެލެތޯން އެއް މިއަދު ހަވީރު ހަތަރެއް ހަޖާއިރު ޔޫތު ސެންޓަރު ކައިރިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން އޯޓިޒަމް އެސޯސިއޭޝަނުގެ ފަރާތުން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ އޯޓިޒަމް ދުވަހުގެ ޝިޔާރުގެ ގޮތުގައި ހަމަޖައްސާފައި ވަނީ "އެމްޕްލޮއިމަންޓް އޯޓިޒަމް ޑިސްއެޑްވާންޓޭޖް" އެވެ. މިއީ އޯޓިޒަމް ހުންނަ ކުދިންނަކީ ވެސް ތައުލީމާއި ވަޒީފާގެ މައިދާނުގައި  އެހެން މީހުންކޭ އެއްފަދަ ބައެއްކަން އާއްމުންނަށް ވިސްނައިދިނުމަށް ކަނޑައަޅާފައިވާ ޝިޔާރެކެވެ.

ދުނިޔޭގެ އޯޓިޒަމް ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ ދެ ވަނަ ދުވަހަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް