ދަނޑުވެރިން ތަމްރީން ކުރުމަށް ހަނިމާދޫގައި ޕްރޮގްރާމެއް ފަށައިފި

ދަނޑުވެރިން ތަމްރީން ކުރުމަށް "އިންޓަގްރޭޑް ފާމިންގް" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ހދ. ހަނިމާދޫގައި ފަށައިފި އެވެ. ފިޝަރީޒް މިނިސްޓްރީން ކުރިޔަށް ގެންދާ އެ ޕްރޮގްރާމާއި ބެހޭގޮތުން އެ މިނިސްޓްރީން...

02 Apr 2015 | 07:19

ދަނޑުވެރިން ތަމްރީން ކުރުމަށް "އިންޓަގްރޭޑް ފާމިންގް" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ހދ. ހަނިމާދޫގައި ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކުރިޔަށް ގެންދާ އެ ޕްރޮގްރާމާއި ބެހޭގޮތުން އެ މިނިސްޓްރީން ބުނީ ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައި ފެށި އެ ޕްރޮގްރާމަކީ ދަނޑުވެރިކަމުގެ ސިނާއަތަށް ޒުވާނުން ޝައުގުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް ދަނޑުވެރިކަމުގެ އާ ވިޔަފާރީގެ ފުރުސަތުތައް ކޯޕަރޭޓިވްސް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމަށް ޒުވާނުން އަހުލުވެރިކުރުމުގެ ގޮތުން ކޯޕަރޭޓިވްސްތައް އުފައްދައި އެތަންތަނުގެ އުފެއްދުންތައް އިތުރުކުުރުުމާ ބެހޭ މައުލޫމާތު ދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ތިމާވެއްޓާއި ރައްޓެހި އިންޓަގްރޭޓެޑް އުސޫލުތަކަށް ދަނޑުވެރިން އަހުލުވެރިކުރުމަށާއި ދަނޑުވެރިކަމުގެ ޒަމާނީ ވަސީލަތްތަކާއި އާ ގޮތްތައް ތައާރަފްކޮށްދިނުމުގެ މަގުސަދުގައި ހިންގާ އެ ތަމްރީން ޕްރޮގްރާމް އެ އަތޮޅުގެ ހަތް ރަށެއްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

10 ދުވަަހަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމް ފަށައިފައިވަނީ އިއްޔެއެވެ. އެ ޕްރޮގްރާމްގައި ހަތް ރަށަކުން 27 ފަރާތަކުން ބައިވެރިވެފަވެ އެވެ. އެއީ ހއ. ތުރާކުނު ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ފ.މަގޫދޫ ގދ. ވާދޫ ޏ. ފުވައްމުލައް އަދި ސ. މީދޫ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް