ބަނޑިދޫ ބަނދަރުހަދަން ބޭނުން ކުރި އެކްސްކަވޭޓަރުގައި އަލިފާން ރޯވެ އަނދައިފި

ދ. ބަނޑިދޫ ބަނދަރު ހެދުމުގެ މަސައްކަތުގައި ބޭނުން ކުރަމުން ދިޔަ އެކްސްކަވޭޓަރެއްގައި އަލިފާން ރޯވެ، އަނދައި ހުލިވެއްޖެއެވެ. ބަނޑިދޫ ކައުންސިލުން ބުނީ އެހާދިސާ ހިނގީ މިއަދު ހެނދުނު 07:30 އެހާކަށް ހާއިރ...

02 Apr 2015 | 05:52

ދ. ބަނޑިދޫ ބަނދަރު ހެދުމުގެ މަސައްކަތުގައި ބޭނުން ކުރަމުން ދިޔަ އެކްސްކަވޭޓަރެއްގައި އަލިފާން ރޯވެ، އަނދައި ހުލިވެއްޖެއެވެ.

ބަނޑިދޫ ކައުންސިލުން ބުނީ އެހާދިސާ ހިނގީ މިއަދު ހެނދުނު 07:30 އެހާކަށް ހާއިރު ކަމަށެވެ. ނަމަވެސް އެހާދިސާގައި އަލިފާން ރޯވި އެކްސްކަވޭޓަރު އޮޕަރޭޓް ކުރަން އިން މީހާއަށް ކަމެއް ނުވެ، ސަލާމަތް ވި ކަމަށެވެ.

މި ހާދިސާގައި އެކްސްކަވޭޓަރު ވަނީ ބޭޏުން ނުކުރެވޭވަރަށް ހަލާކުވެފައ އެވެ. އަލިފާން ރޯވުމާއި އެކު އޭގައި އިން މީހާ ވަނީ ފުންމާލާފަ އެވެ. އަލިފާން ރޯވެ އަނދާފައިވަނީ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އެކްސްކަވޭޓަރެއްގައި އެވެ.

ހާދިސާ ހިނގަން މެދުވެރިު ސަބަބު ހޯދުމަށް އެމްއެންޑީއެފުން މިހާރު ދަނީ ބަނޑިދޫގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް