މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ބަކަރި ކަތިލާ ސޮދަގާތް ކުރުމަކީ ބިދުއައެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިވަންކަމަށް 50 ފާހަގަކުރުމަށް ބަކަރި ކަތިލާ ސޮދަގާތް ކުރުމުގެ ހަރަކާތެއް މިރޭ މާފަންނު ސްޓޭޑިއަމްގައި ބޭއްވުމަށް ހޯމް މިނިސްޓްރީން ނިންމުމާއެކު ބައެއް ދީނީ އިލްމުވެރިން އަންނަނީ އެއީ ބިދުއައެއް ކަަމަށް ވިދާޅުވަމުން ނެެވެ.
ެއެކަމާ ގުޅިގެން މިނިސްޓަރު ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭގެ ހަރަކާތަކީ ބިދުއައެއް ނޫން ކަމަށާއި މިނިވަން ކަމުގެ ނިއުމަތަށް ޝުކުރުވެރި ވުމުގެ ގޮތުން ނައަމުސޫފި މާތްﷲ އަށް ގުރުބާން ކުރުމަކީ ހެޔޮކަމެއް ކަމަށެވެ. ޝަހީމް ވިދާޅުވެފައިވަނީ އާއްމުކޮށް ނޫނަސް ވަކި މުނާސަބަތެއްގައި ނަމާދުގެ ފަހުން އެންމެންވެގެން ދުއާއެއް ކުރުމަކީ ބިދުއައެއް ނޫން ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ.
މީގެއިތުރުން ޝަހީމް ވިދާޅުވީ ނަމާދުގެ ފަހުން ޖަމާއަތް ހަދައިގެން ދުއާ ކިޔުމަކީ އާއްމުކޮށް ކޮންމެ ނަމާދެއްގެ ފަހުގައި ކުރާކަމެއް ނަމަ ބިދުއައެއް ކަމަށާއި އެފަދަ ކަންކަން ކޮށްގެން ނުވާނެ ކަމަށެވެ.
https://twitter.com/Mohamedshaheem1/status/583265189174226944
ޝަހީމްގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިޔާ އާދަމް ޝަމީމްވެސް ވަނީ މިރޭ ކުރިޔަށް ގެންދާ ހަރަކާތަކީ ބިދުއައެއް ނޫންކަމަށް ވިދާޅުވެފަ އެވެ.
މިނިވަން 50 ފާހަގަ ކުރުމަށް މިރޭ ހޯމް މިނިސްޓްރީން ކުރިޔަށް ގެންދަން ނިންމާފައިވާ ހަރަކާތަކީ ބިދުއައެއްކަމަށް ވިދާޅުވެފައިވާ އިލްމުވެރިްނގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަބްދުލް މަޖީދު ބާރީ އާއި ދާދިފަހުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން އިސްތިއުފާދެއްވި ޝައިހް މުހައްމަދު ދީދީގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް