ދެ ވަޅިއާއެކު ޒުވާނަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ސިނަމާލެ ތިނެއް ކުރިމަތީގައި ތިއްބައި އެ ދެމީހުން ހައްޔަރު ކުރީ ރޭ ގާތްގަނޑަކަށް 10:50 އެހާއިރު ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކުރީ 20 އަހަރުގެ ޒުވާނަކާއި 16 އަހަރުގެ ކުޑަކުއްޖެކެވެ.
އެ ދެމީޙުން ގެންގުޅުނު ދެވަޅި ފެނުނީ އެ ސަރަހައްދުން ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ މައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓުމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް