ދިއްފުށްޓަށް ވާރޭ އެ ވެހުނީ ރާއްޖޭގެ ރެކޯޑު އަދަދަކަށް

ކ. ދިއްފުށްޓަށް ފާއިތުވި 24 ގަޑިއިރު ވާރޭވެހިފައިވަނީ ރާއްޖޭގެ ރެކޯޑު އަދަދަކަށްކަން މެޓުން ފާހަގަކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ފާހަގަކޮށްފައިވާގޮތުގައި އިއްޔެ ހެނދ...

02 Mar 2025 | 08:35

ކ. ދިއްފުށްޓަށް ފާއިތުވި 24 ގަޑިއިރު ވާރޭވެހިފައިވަނީ ރާއްޖޭގެ ރެކޯޑު އަދަދަކަށްކަން މެޓުން ފާހަގަކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު ފާހަގަކޮށްފައިވާގޮތުގައި އިއްޔެ ހެނދުނު 08:00 އިން ފެށިގެން މިއަދު ހެނދުނު 08:00 އާއި ދެމެދުގެ ވަގުތަށް ދިއްފުށްޓަށް 296 މިލިމީޓަރުގެ ވާރޭ އެ ރަށަށް ވެހިފައިވެއެވެ.

މިއީ ރާއްޖޭގައި އޮޓޮމެޓިކް ވެދަރ ސިސްޓަމަކަށް ރެކޯޑު ކުރެވުނު އެންމެ މަތީ އަދަދަށް ވާނެއެވެ.

މީގެ ކުރިން 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ހއ. ކެލާ އަށެވެ. 12 އޯގަސްޓް 2024 ގައި ހއ. ކެލާއަށް 231.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ތިންވަނައަށް އެންމެ ބޮޑު އަދަކަކަށް މެޓުގެ ރެކޯޑުތަކުން ދައްކަނީ 05 ޑިސެމްބަރު 2018ގައި މާލެއަށް 228.9 މިލިމީޓަރުގެ ވާރޭ ވެހުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް