މިރޭގެ ތިންވަނަ އޮރެންޖު އިންޒާރު: ލަފާކުރަނީ ފެންބޮޑުވާނެ ކަމަށް

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިރޭގެ ތިންވަނަ އޮރެންޖު އިންޒާރު ނެރެފިއެވެ. މި އިންޒާރު ނެރެފައިވަނީ މެންދަމު 03:00 އިން ފެށިގެން ހެނދުނު 07:00 އާއި ދެމެދުގެ ވަގުތަށެވެ. ބ. އަތޮޅުން ފ...

01 Mar 2025 | 22:32

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިރޭގެ ތިންވަނަ އޮރެންޖު އިންޒާރު ނެރެފިއެވެ.

މި އިންޒާރު ނެރެފައިވަނީ މެންދަމު 03:00 އިން ފެށިގެން ހެނދުނު 07:00 އާއި ދެމެދުގެ ވަގުތަށެވެ.

ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްރަށަށް ނެރެފައިވާ މި އޮރެންޖު އިންޒާރުގައި ބުނެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އޮރެންޖު އިންޒާރު ތިން ވަނަ ފަހަރަށް ނެރެފައިވާއިރު އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް އަންނަނީ ވާރޭ ވެހެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް