އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ކުޅުދުއްފުށި ސިޓީއަށް

ރައީސް ޑރ .މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ގާއިމުކުރި އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ކުޅުދުއްފުށި ސިޓީއަށް ކޮށްފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކުޅުދުއްފުއްޓަށް އެއާ އ...

02 Mar 2024 | 06:30

ރައީސް ޑރ .މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ގާއިމުކުރި އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ކުޅުދުއްފުށި ސިޓީއަށް ކޮށްފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކުޅުދުއްފުއްޓަށް އެއާ އެމްބިއުލާންސް ދިޔައީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ބަލި މީހަކު މާލެ ގެނައުމަށްޓަކައެވެ.

އެއާ އެމްބިއުލާންސް އޮޕަރޭޓް ކުރަމުން އަންނަ މޯލްޑިވިއަން އިން ބުނެފައިވާގޮތުގައި އެ ދަތުރަށް އެއާ އެމްބިއުލާންސް މާލެއިން ފުރާފައިވަނީ ރޭގެ މެންދަމު 01:00 ހާއިރުގައެވެ.

އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރުގައި އެއާ އެމްބިއުލާންސް ކުޅުދުއްފުށީ އެއާޕޯޓަށް ޖައްސާފައިވަނީ ރޭގެ މެންދަމު 01:55ގައެވެ. އަދި ބަލި މީހާ މާލެ ގެނެސްފައިވަނީ މެންދަމު 03:20ގައެވެ.

ސަރުކާރުން ބުނެފައިވާގޮތުގައި އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަންފެށި ފްލައިޓަކީ ސަލާމަތީ ގޮތުން ރައްކާތެރި އަދި ސިއްހީ އަވަސް ފަރުވާއަށް ބޭނުންވާ އާލާތްތަކާއެކު ފައްކާކޮށްފައިވާ ފްލައިޓެކެވެ.

މި ހިދުމަތް ފެށިއިރު އެއާ އެމްބިއުލާންސް ކްރޫގައި ޑަކުޓަރުންނާއި ނަރުހުންނާއި މެޑިކަލް ޓެކްނީޝަނުން ހިމެނޭހެން 15، ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް