މެސީއަށް މަރުގެ އިންޒާރު ދީފި !

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް މަރުގެ އިންޒާރު ދީފިއެވެ. މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މެސީއަށް މަރުގެ އިންޒާރު ދީފައިވަނީ މެސީގެ އަނބިމީހާގެ އާއިލާއިނ...

02 Mar 2023 | 18:13

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް މަރުގެ އިންޒާރު ދީފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މެސީއަށް މަރުގެ އިންޒާރު ދީފައިވަނީ މެސީގެ އަނބިމީހާގެ އާއިލާއިން އާޖެންޓީނާގެ ރަޒާރިއޯގައި ހިންގަމުން އަންނަ ކާތަކެތި ވިއްކާ ސުޕަމާކެޓަކަށް ބަޑި ހިފައިގެން ތިބި ދެ މީހަކު ވަދެ އެތަނަށް ހަމަލާދީ ސުންނާފަތި ކޮށްލުމަށް ފަހުގައެވެ.

ބަޑި ހިފައިގެން ސުޕަމާކެޓަށް ވަތް ދެމީހުން ވަނީ އެތަނުގެ މައި ދޮރަށާއި އެހެނިހެން ތަންތަނަށް އަމާޒުކޮށް ޖުމުލަ 14 ފަހަރު ބަޑި ޖަހާފައިކަމަށް ރިޕޯޓުތައް ބުނެއެވެ. އެވަގުތު އެ މާކެޓުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވި ނަމަވެސް މާކެޓުގެ ބޮޑުބައެއް ވަނީ ހަލާކުކޮށްލާފައި ކަމަށް ރިޕޯޓުގައި ވެއެވެ.

ރަޒާރިއޯގެ ފުލުހުން މިހާރު އެ މައްސަލަ ބަލަމުން އަންނައިރު، ފުލުހުން ބުނާ ގޮތުގައި ސައިކަލެއްގައި ބަޑި ހިފައިގެން އައި ދެމީހަކު ސުޕަމާކެޓަށް ވަދެ އެތަނަށް ގެއްލުން ދިނުމަށް ފަހު އެމީހުން ވަނީ މެސީއަށް މަރުގެ އިންޒާރު ދީ ނޯޓެއް ދޫކޮށްލާފައެވެ. އެނޯޓުގައި ބުނެފައިވަނީ "މެސީ. އަހަރެމެން މި އިންތިޒާރު ކުރަނީ ކަލެއަށް. ޖޯކިން އަކީ މަސްތުވާތަކެތީ ޑީލް ކުރާމީހެއް. އަހަރެމެން ކަލެއަކަށް ނުބަލާނަން." މިހެން ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނާ ގޮތުގައި މެސީ އަށް މަރުގެ އިންޒާރުދިން ޖޯކިން އަކީ މެސީ އާއި އޭނާގެ އާއިލާ ދިރިއުޅެމުން އަންނަ ރޮޒާރިއޯގެ މޭޔަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް