ލ. ގަމު ތުނޑީ އަވަށު އަލަށް އާބާދުވި ސަރަޙައްދު ގައި އަޅާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގަމު ތުނޑީ އަވަށު އަލަށް އާބާދުވީ ސަރަހައްދުގައި އަޅަން ހަމަޖެހިފައި ވަނީ 700 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.
އަދި މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމާއި އެކު ބިނާ ކުރާ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަށް ޖުމްލަ 16،818،646.27 (ސޯޅަ މިލިއަން އަށްލައްކަ އަށާރަހާސް ހަސަތޭކަ ސާޅީސް ހަ ރުފިޔާ ހަތާވިސް ލާރި) ޚަރަދުވާނެ ކަމަށެވެ.
މި މިސްކިތް އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސްތެރޭގައި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
ލ. ގަމު ތުނޑީ އަވަށުގައި މިސްކިތެއް ޢިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 14 ޑިސެމްބަރު 2022 ގައެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ލ. ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް އަދި ކައުންސިލްގެ ރައީސް އަޙްމަދު ޒަކީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް