ހަމުގެ އެކި ބަލިތަކަށް ދޭ މުހިންމު ފަރުވާއެއް ކަމަށްވާ ޔޫވީ ލައިޓް ފޮޓޯ ތެރަޕީގެ ޙިދުމަތް މިއަދުން ފެށިގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ލިބިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މި ޚިދުމަތް އޭއީއެޗްގައި ފެށިކަން ހާމަކޮށް މާލެ ސަރަހައްދުން ބޭރުގައި ހިންގާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް އޭއީއެޗުން ބުނީ މި ފަރުވާ ދޭނީ ހަމުގެ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށެވެ.
އަދި ޔޫވީ ލައިޓް ފޮޓޯ ތެރަޕީއަކީ ހަމުގެ އެކި ބަލިތަކަށް ދެވޭ ފަރުވާއެއް ކަމަށާއި ޕްސޯރިއޭސިސް، އެކްޒީމާ، ހަންގަނޑު ހިރުވުން އަދި ވިޓިލިގޯ ފަދަ ބަލިތަކަށް މި ފަރުވާ ދެވޭނެ ކަމަށް އޭއީއެޗުން ބުނެފައި ވެއެވެ.
މީގެ އިތުރުން އޭއީއެޗުން ބުނީ މި ފަރުވާގެ ބައެއް ފައިދާ ތަކުގެ ތެރޭގައި ހަށިގަނޑުން ބަލި ފެންނަން ހުންނަ ތަންތަން ރަނގަޅު ވެގެން ދިޔުމާއި، ބަލި ފެތުރުމުގެ މިންވަރު ދަށްވުން، އަދި މި ފަރުވާގެ ސަބަބުން ބަލި މަތަވުމުގެ ފުރުސަތު ބޮޑުކަމަށެވެ.
ހަމަ އެހެންމެ މިމުއްދަތު އެކި މީހުންނަށް ތަފާތު ވުމުން އެގޮތަށް ދެމެހެއްޓުމަށް ތެރަޕީ ނަގަން ޖެހިދާނެ ކަމަށް އޭއީއެޗްއިން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް