ސުޝްމިތާއަށް ހާޓްއެޓޭކެއް ޖެހިއްޖެ، ހަނދާންވީ ބައްޕަ ބުނި އެއްޗެއް!

މިސް ޔުނިވާސް1994 އަދި ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެން އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ހޯދައިފި އެވެ. އޭނާއަށް ހާޓް އެޓޭކެއް ޖެހުނުކަން ހާމަ ކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ސުޝްމިތާ ބުނީ މީގެ ކުޑ...

02 Mar 2023 | 15:06

މިސް ޔުނިވާސް1994 އަދި ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެން އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ހޯދައިފި އެވެ.

އޭނާއަށް ހާޓް އެޓޭކެއް ޖެހުނުކަން ހާމަ ކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ސުޝްމިތާ ބުނީ މީގެ ކުޑަދުވަސް ކޮޅެއް ކުރި ޖެނުނު ހާޓްއެޓޭކަށް ފަރުވާ ހޯދާ ނިމި ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

މިހާރު ހާލު ވަރަށް ރަނގަޅު ކަމަށް ބުންޏެވެ.

އެ ޕޯސްޓުގައި ސުޝްމިތާ ބައްޕަ މީގެ ކުރިން ހިތާއި ބެހޭ ގޮތުން ދެއްކި ވާހަކައެއް ހިއްސާކޮށްފަވެއެވެ. އެގޮތުން ހިތް އަބަދު ވެސް އުފަލުގައި ބެހެއްޓުމަށް ބައްޕަ ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

https://www.instagram.com/p/CpSF-IvtWG4/

ސުޝްމިތާ އެންމެ ފަހުން ފެނިގެން ދިޔައީ2020 ވަނަ އަހަރު ރިލީޒް ކުރި ފެބް ސީރީޒް "އާރްޔާ" އިންނެވެ. އެ ސީރީޒް ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް