ކޮޕަ ޑެލްރޭގެ ފޯރިގަދަ ސެމީފައިނަލް "އެލް ކްލެސިކޯ" މިރޭ 1 ޖަހާއިރު މީޑިއާނެޓުން

ސްޕެނިޝް ކޮޕަ ޑެލްރޭގެ ފޯރިގަދަ ސެމީ ފައިނަލް މެޗް މިރޭ 01:00 ގައި މީޑިއާނެޓްގެ އައިސް ޕްލަސް ޗެނަލް (ޗެނަލް 888) އިން ވަގުތުން ދައްކާނެއެވެ. މިރޭގެ މެޗްގައި ވާދަ ކުރާނީ ސްޕެނިޝް ފުޓުބޯޅައިގެ އެންމެ ކ...

02 Mar 2023 | 13:36

ސްޕެނިޝް ކޮޕަ ޑެލްރޭގެ ފޯރިގަދަ ސެމީ ފައިނަލް މެޗް މިރޭ 01:00 ގައި މީޑިއާނެޓްގެ އައިސް ޕްލަސް ޗެނަލް (ޗެނަލް 888) އިން ވަގުތުން ދައްކާނެއެވެ. މިރޭގެ މެޗްގައި ވާދަ ކުރާނީ ސްޕެނިޝް ފުޓުބޯޅައިގެ އެންމެ ކާމިޔާބު ދެޓީމު ބާސެލޯނާއާއި ރިއާލް މެޑްރިޑެވެ. މި މެޗަކީ ފުޓުބޯޅައިގެ ދުނިޔޭގައި އެލް ކްލެސިކޯގެ ނަމުން މަޝްހޫރުވެފައިވާ މެޗެކެވެ.

1903 ވަނަ އަހަރު ތަޢާރަފް ކުރެވުނު މި މުބާރާތަކީ ނޮކްއައުޓް އުސޫލުން ކުޅެވޭ، ސްޕެއިން ފުޓުބޯޅައިގެ ގަދަ ބާރުތައް ވާދަކުރާ މުބާރާތެކެވެ. ޖުމްލަ 126 ޓީމު ވާދަކުރާ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ލެގަށް ބަހާލައިގެން ގޯލުގެ ގޮތުން ކުރި ލިބޭ ދެޓީމު ފައިނަލް ކުޅޭގޮތަށެވެ. އެގޮތުން ސެމީ ފައިނަލްގެ ފުރަތަމަ ލެގް ރޭ 1 ޖެހި އިރު ވަނީ ކުޅެފައެވެ. މިމެޗުގައި އޮސަސޫނައިންވަނީ 1-0 އަކުން އެތްލެޓިކް ކްލަބް އަތުން ކުރި ހޯދާފައިއެވެ. މި ދެ ޓީމު ދެން ބައްދަލު ކުރާނީ 5 އެޕްރީލް ގައިއެވެ. އަދި މިރޭ ކުޅޭ ބާސެލޯނާއާއި ރިއާލް މެޑްރިޑް މެޗުގެ ދެވަނަ ލެގު އޮންނާނީ 6 އެޕްރީލްގައިއެވެ. މި ދެ މެޗްވެސް މީޑިއާނެޓުން ފެންނާނެއެވެ.

މީޑިއާނެޓުން ދިވެހިންނާއި ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅެވޭ ފުޓުބޯޅައިގެ އެންމެ ފޯރިގަދަ މުބާރާތްތަކާއި މެޗުތައް ގެނެސްދިނުމަށް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މެޗުތައް ޓީވީ ސްކްރީންތަކުން އަދި މީޑިއާނެޓުގެ ފޯން އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށްވެސް ބަލާލެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް