ރޯދަ އެލަވަނަސް ދޭން ލޭބާ ރިލޭޝަން އޮތޯރިޓީން ހަނދާން ކޮށްދީފި

ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން ރޯދަ އެލަވަންސް މުވައްޒަފުންނަށް ދިނުމަށް ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރުއެލް) އިން ހަނދާން ކޮށްދީފި އެވެ. އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނ...

02 Mar 2023 | 10:31

ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން ރޯދަ އެލަވަންސް މުވައްޒަފުންނަށް ދިނުމަށް ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރުއެލް) އިން ހަނދާން ކޮށްދީފި އެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަަސް ފެށުމުގެ ކުރިން އެލަވަންސް ދިނުމަށް ހަނދާކޮށްދޭ ކަމަށެވެ.

ރޯދަ އެލަވަންސްގެ އގޮތުގައ ދޭން ޖެހެނީ3،000 ރުފިޔާ އެވެ.

އެ ފައިސާ ދޭން ޖެހެނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިންނެވެ.

އެލްއާރްއޭ އިން ކުރިން ބުނެފައިވާ ގޮތުގައި، ރޯދަ އެލަވަންސް ނުދީގެން މިދިޔަ އަހަރު އެ އިދާރާ އަށް 65 ޝަކުވާ ހުށަހެޅި އެވެ. އޭގެތެރެއިން 53 މީހަކު މަސައްކަތްކުރާ ތަނާ މަޝްވަރާކޮށް، އެ މައްސަލަ ހައްލުކޮށް އެލަވަންސް ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް