ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. ހިރިލަންދޫއަށް ވަޑައިގެންފި އެވެ.
އެމަނިކުފާނު އެރަށަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން މި ގެންދަވަނީ ހިރިލަންދޫ ސްކޫލްގެ71 ވަނަ އަހަރީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އެ ޖަލްސާ އޮންނާނީ މިރޭ އެވެ.
އެރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ ފެނަކަ އާ އިމާރާތް ރަސްމީކޮށް ހުޅުވައި ދެއްވާފައި އެވެ.
މި ޒިޔާރަތުގައި ރައީސް ސޯލިހު އެ ރަށު ކައުންސިލާއި ޑަބްލިއުޑިސީ މެމްބަރުންނާއި ބައްދަލު ކުރައްވާނެ އެވެ.
https://twitter.com/presidencymv/status/1631186869789818883
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް