އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ބާރު ސްޕީޑުގައި ކުރިޔަށް އެބަދެ އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.
އެކުންފުނިން ބުނީ މުޅި މަޝްރޫއުގެ މަސައްކަތުގެ 70 ޕަސެންޓު ނިމިފައިވާ ކަމަށެވެ. ނިމިފައިވާ މަސައްކަތްތަކުގެ ތެރޭގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫޢުގެ ދަށުން، އައު އަދި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި ނެރު ފުންކުރުމުގެ މަސައްކަތާއި، ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ.
މީގެ އިތުރުން ރޭމްޕް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫޢަކީ 61.34 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް