ރާއްޖެއިން 2،500 ހައްޖު ކޯޓާ ލިބޭތޯ މަސައްކަތް ކުރަނީ

މިއަހަރު ރާއްޖެއަށް2،500 ހައްޖު ކޯޓާ ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ. މިއަހަރު ރާއްޖެއަށް ލިބިފައިވަނީ1،000 ހައްޖު ކޯޓާ އެވެ. މިނިސްޓްރީ...

02 Mar 2023 | 05:05

މިއަހަރު ރާއްޖެއަށް2،500 ހައްޖު ކޯޓާ ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިއަހަރު ރާއްޖެއަށް ލިބިފައިވަނީ1،000 ހައްޖު ކޯޓާ އެވެ. މިނިސްޓްރީން ކުރިން ބުނީ އިތުރު ކޯޓާ ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދުގެ ޕްރޮގްްރާމްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އިތުރު ކޯޓާއަށް އެދި ސައުދީ ހައްޖު މިނިސްޓްރީގައި ދަންނަވާފައިވާ ކަމަށެވެ. އަދި އިތުރު1،500 ކޯޓާ އާއި އެކުރަސްމީ 2،500 ކޯޓާ މިއަހަރު ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއަށް ލިބޭ ކޯޓާތަކުގެ ތެރެއިން ދެ ބައިކުޅަ އެއްބައި ދޭނީ ހައްޖު ކޯޕަރޭޝަނަށް ކަމަށާއި އަދި ބާކީ ކޯޓާތައް ދޭނީ ތިން ހައްޖު ގްރޫޕަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އަމިއްލަ ކުންފުނިތަކުގެ ތެރެއިން ހައްޖަށް މީހުން ގެންދަށް ބޭނުންވާ ކުންފުނިތަކަށް ފުރުސަތު ހުޅުވާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް