މަފިޓް ބަލިކޮށް ކޭއޭސީއެލް އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން އޮޕަރޭޝަން އިން ހޯދައިފި

ކޭއޭސީއެލް އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް ޗެލެންޖްގެ ޗެމަޕިއަން ކަން އޮޕަރޭޝަންސް ޓީމުން ހޯދައިފިއެވެ. މި މުބާރާތުފެ ޗެމްޕިއަންކަން އޮޕަރޭޝަންސް ޓީމުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗު މަފިޓް އާއި ވާދަކޮށް...

02 Mar 2023 | 04:20

ކޭއޭސީއެލް އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް ޗެލެންޖްގެ ޗެމަޕިއަން ކަން އޮޕަރޭޝަންސް ޓީމުން ހޯދައިފިއެވެ.

މި މުބާރާތުފެ ޗެމްޕިއަންކަން އޮޕަރޭޝަންސް ޓީމުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗު މަފިޓް އާއި ވާދަކޮށް ޕެނަލްޓީގައި 3- 4 އިން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން މެޗު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޗު ފެށިގެން ގިނަ އިރުތަކެއް ނުވެ މަފިޓުން ލީޑުނެގިއެވެ. މަފިޓަށް ލީޑު ނަގައިދިން މި ލަނޑު ޖަހައިދިނީ މުޙައްމަދު ސިނާޒްއެވެ. ނަމަވެސް އޮޕަރޭޝަންސް ޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އޮޕަރޭޝަންސް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ މުޙައްމަދު ސިނާޙްއެވެ.

މި ނަތީޖާއާއި އެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފު ނިމުނުއިރުވެސް ނަތީޖާއަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް މި ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތައް ލިބުނެވެ. އެ ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުހިފުނެވެ.

މެޗު ނިމުނުއިރު، ނަތީޖާ އެއްވަރުވެފައި އޮތުމުން ދެން ނަތީޖާ ނެރެން ޖެހީ ޕެނަލްޓީއެވެ. ޕެނަލްޓީގައި ކުރި ހޯދީ އޮޕަރޭޝަންސް ޓީމުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ އޮޕަރޭޝަންސް ޓީމުގެ މުޙައްމަދު ސިނާޙްއަށެވެ.

މެޗަށް ފަހު، މި މުބާރާތުގައި އެކި ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކުރުން އޮތެވެ. އެގޮތުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އޮޕަރޭޝަންސް ޓީމުގެ ޖާޒީ ނަމްބަރު 14 މުޙައްމަދު ސިނާޙްއެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިގެން ޓޮޕް ސްކޯރާގެ މަޤާމު ހޯދީ އޮޕަރޭޝަންސް ޓީމުގެ ހުސެއިން ރަޝީދުއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ

މުޙައްމަދު ސިނާޙް (އޮޕަރޭޝަންސް)

ހުސެއިން ރަޝީދު (އޮޕަރޭޝަންސް)

މުޙައްމަދު ސިނާޒް (މަފިޓް)

އަހުމަދު މުޙައްމަދު (މަފިޓް)

އަބްދުﷲ އާދިލް (މަފިޓް)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް