ސަލްމާން އާއި ސޮނާކްޝީގެ ކައިވެނީގެ ފޮޓޯއެއް!

ބޮލީވުޑްގެ ތަރިން ކަމަށްވާ ސަލްމާން ހާނާއި ސޮނާކްޝީ ސިންހަގެ ކައިވެނީގެ ފޮޓޯއެއް ދައުރުވާން ފަށައިފި އެވެ. ފޮޓޯގައި ފެންނަނީ ދެމީހުންގެ ކައިވެނީގެ ހަފްލާގައި ވަރަށް އުފަލުން ތިބޭތަނެވެ. އަދި ސޮނާކްޝީގ...

02 Mar 2022 | 14:51

ބޮލީވުޑްގެ ތަރިން ކަމަށްވާ ސަލްމާން ހާނާއި ސޮނާކްޝީ ސިންހަގެ ކައިވެނީގެ ފޮޓޯއެއް ދައުރުވާން ފަށައިފި އެވެ.

ފޮޓޯގައި ފެންނަނީ ދެމީހުންގެ ކައިވެނީގެ ހަފްލާގައި ވަރަށް އުފަލުން ތިބޭތަނެވެ. އަދި ސޮނާކްޝީގެ ބޮލުގައި ހިންދޫ ދީނުގެ އަންހެނުން ކައިވެނި ކުރުމުން ޖަހާ ސިންދޫރު ވެސް އިނދެ އެވެ

ފޮޓޯއިން އެންމެންގެ ސަމާލުކަން ހުއްޓުނީ ދެމީހުން އެންގޭޖްމެންޓު އަގޮޓި އަޅާތަނަށެވެ. މި ފޮޓޯ އާންމުވުމުން ދެ ތަރިންގެ ސަޕޯޓަރުން ދަނީ އުފަލުން އުުތުރި އަރައި އުފާވެރިކަމުގެ މެސެޖުތަކުން ސޯޝަލް މީޑިއާ ފުރާލަމުންނެވެ.

މީގެ ތެރެއިން އުމުރުން52 އަހަރުގެ ސަލްމާން ހާނަކީ ދުވަހަކުވެސް ކައިވެންޏެއް ކޮށްފައި ނުވާ އެކަމަކު ގިނަ ލޯބިވެރިންތަކެއް ގެންގުޅެ އަޑުތަކެއް އަރާފައިވާ މީހެކެވެ. ސޮނާކްޝީ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޒަހީރު އިގްބާލް އާއި އެވެ.

https://www.instagram.com/p/CakJH51JY8k/

ފޮޓޯ ދައުރުވާން ފެށިތާ ދެ ދުވަސް ފަހުން އިންސްޓަގްރާމްގައި ވަނީ އެއީ އެޑިޓްކޮށްފައިވާ ފޮޓޮއެއްކަން ބަޔަކު ހާމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް