ފޮނަދޫ މަގު ތަކުގެ ދުވާރު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ދުވާރު ހެދުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި ކަމަށް އެ މަސައްކަތުގެ ކޮންްޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ. މި މަޝްރޫޢުގެ ދަށުން، 27،179...

02 Mar 2022 | 11:38

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ދުވާރު ހެދުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި ކަމަށް އެ މަސައްކަތުގެ ކޮންްޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 10،392 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުން ހިމެނޭކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މީގެ އިތުރުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 53.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް