މަސްތުވާ ތަކެއްޗާއެކު އަތުލައިގަނެ ދައުވާތަކެއް އުފުލާފައިވާ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބޭސްފަރުވާ އަށް ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ޕެސްޓް އަތުލައިގަނެފައިވަނީ މިދޔަ އަހަރުގެ ފެބުރުއަރީ މަހުގައެވެ. ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ޝަރުތުތަކާ އެކު، ޕެސްޓް ބަންދުން ދޫކޮށްލީ ބޭސްފަރުވާއަށް ދެ މަހަށެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހެޅިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނުނިންމަ އެވެ.
ޕެސްޓް ބަންދުން ދޫކޮށްފައިވަނީ ބޭސްފަރުވާގެ ބޭނުމަށް ނޫން ގޮތެއްގައި ގެއިން ބޭރަށް ނުނިކުމެ ޝަރުތު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް