ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން ދުރުކުރި، ހަސަން މުޣުނީއަށް އެންވާރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ.
މުގުނީ އެންމެފަހުން ހުންނެވީ ސްޓެލްކޯގެ އެމްޑީގެ މަގާމުގައެވެ. އެ މަގާމުން މުގުނީ ދުރުކޮށް ސްޓެލްކޯގެ އެމްޑީއަކަށް ހަމަޖައްސާފައިވަނީ އިލެކްޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފުއެވެ. ސްޓެލްކޯގެ އެމްޑީގެ މަޤާމުގައި މުޣުނީ ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
ހަސަން މުގުނީ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީން ބެޗެލަރ އޮފް ސައިންސް ހާސިލްކުރައްވާ، އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް