ބަންޑާރަ ކަޕް ފަށައިފި، ޕީޖީގެ ޓީމުން ސިވިލް ކޯޓު ބަލިކޮށްފި

ފަނޑިޔާރުންނާއި ވަކީލުންގެ އިތުރުން ގާނޫނީ ދާއިރާގައި ހިމެނޭ އިދާރާތައް ބައިވެރިކޮށްގެން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބަންޑާރަ ކްލަބްގެ ފަރާތުން ބާއްވާ "ބަންޑާރަ ކަޕް 2022" ފަށައިފިއެވެ. ސައުވީސް ޓީމު...

02 Mar 2022 | 10:23

ފަނޑިޔާރުންނާއި ވަކީލުންގެ އިތުރުން ގާނޫނީ ދާއިރާގައި ހިމެނޭ އިދާރާތައް ބައިވެރިކޮށްގެން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބަންޑާރަ ކްލަބްގެ ފަރާތުން ބާއްވާ "ބަންޑާރަ ކަޕް 2022" ފަށައިފިއެވެ.

ސައުވީސް ޓީމު ބައިވެރިކޮށްގެން ބާއްވާ ބަންޑާރަ ކަޕްގެ މެޗުތައް ފަށާފައި ވަނީ އިއްޔެ ހަވީރު ހެންވޭރު ދަނޑުގައެވެ. އިއްޔެ ހަވީރާއި ރޭގަނޑު އަށް މެޗު ކުޅެފައިވެއެވެ.

ބަންޑާރަ ކަޕްގައި ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) ޝަމީމާއި އެޓަރނީ ޖެނަރަލް (އޭޖީ) އިބްރާހިމް ރިފްއަތު ކުޅުއްވިއެވެ.

ޕީޖީ ޝަމީމް ކުޅުއްވަނީ އެ އޮފީހުގެ "ކްލަބް 220"އަށެވެ. ޕީޖީ އޮފީހުގެ ޓީމަށް ނަން ދީފައި ވަނީ ޤާނޫނުއަސާސީގައި ޕްރޮސެކިއުޓަރ ޖެނަރަލްގެ ޒިންމާ ބަޔާންކުރާ މާއްދާގެ ނަމުންނެވެ. ޕްރޮސެކިއުޓަރ ޖެނަރަލްގެ ޒިންމާތައް ގާނޫނުއަސާސީގައި ބަޔާންކުރަނީ 220 ވަނަ މާއްދާއިން ފެށިގެންނެވެ. އެހެންވެ އެ އޮފީހުގެ ޓީމަށް ދީފައި ވަނީ "ކަލަބް 220"ގެ ނަމުންނެވެ.

ޕީޖީ އޮފީހުން ރޭ ކުޅުނީ ސިވިލް ކޯޓާ ދެކޮޅަށެވެ. ސިވިލް ކޯޓު ބަލިކުރީ އެ ޓީމު ކޮޅަށް ފަސް ލަނޑު ޖަހައިގެންނެވެ. ސިވިލް ކޯޓުން ޕީޖީގެ ގޯލަށް ނުރައްކާކޮށް، ތިން ލަނޑު ޖެހިއެވެ.

ބަންޑާރަ ކަޕް 2022 ގައި، ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ޤާނޫނީ ވަކީލުންނާއި އެހެން ފަންނީ މުވައްޒަފުން ހިމެނޭހެން، 16 ފިރިހެން ޓީމާއި، 8 އަންހެން ޓީމު ވާދަކުރާނެއެވެ. ބަންޑާރަ ކަޕް 2022 ގެ މެޗުތައް ފެށޭނީ 1 މާޗް 2022 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް