މާހެފުންތައް ބޭއްވުމަށް މިފަހަރު މާލޭގެ މަގުތައް ބަންދުކޮށްލެވޭނެ: ސިޓީކައުންސިލް

މި އަހަރު ރޯދައިގެ ކުރިން މާހެފުން ބޭއްވުމަށް މަގުތައް ބަނދުކުރުމުގެ ފުރުސަތަށް އެދެވޭނެކަމުގައި މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން ބުނީ  ޒަމާނުއްސުރެ މާފެހުމުގެ ހަރަކާތަކީ ރަމަޟާން މަ...

02 Mar 2022 | 08:06

މި އަހަރު ރޯދައިގެ ކުރިން މާހެފުން ބޭއްވުމަށް މަގުތައް ބަނދުކުރުމުގެ ފުރުސަތަށް އެދެވޭނެކަމުގައި މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ބުނީ  ޒަމާނުއްސުރެ މާފެހުމުގެ ހަރަކާތަކީ ރަމަޟާން މަހާއި ގުޅުވައިގެން ބާއްވަމުންދާ ހަރަކާތެއް ކަމަށެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށްވެސް މާހެފުމުގެ ހަރަކާތްތައް ބޭއްވުމަށްޓަކައި މާރިޗް މަހުގެ 25، 26، 29 އަދި 30 މިހަތަރު ދުވަހު މާލޭގެ ބޮޑެތި މަގުތައް ފިޔަވާ އެހެނިހެން މަގުތަކުގައި ބޭއްވުމަށް މިކައުންސިލުންވަނީ ނިންމާފައި ކަމަށެވެ.

މިހަރަކާތް ބޭއްވުމަށްއެދި ސިޓީ ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައިކަމުގައި ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް