ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންނައަށް ތާއީދުކުރާ މަހުޖަނުންނާ ދެކޮޅަށް އެކި ގައުމުތަކުން ފިޔަވަޅު އަޅައި މުދާތައް ހިފަހައްޓަމުންދާތީ ރަޝިޔާގެ އެ މަހުޖަނުުންގެ ޔޮޓްތަކުގެ އިތުރުން ޕްރައިވެޓް ޖެޓްތައްވެސް ރާއްޖެއަށް އަންނަމުން އެބަދެއެވެ.
އެގޮތުން ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މިހާރުވެސް އެއް ޖެޓް ވަނީ އައިސްފައެވެ. އަދި އިތުރު ދެ ޖެޓެއްގެ މަންޒިލަކީ ރާއްޖެ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ރާއްޖެ މިހާތަނަށް އައިސްފައިވާ ޖެޓަކީ ރަޝިޔާގެ ބިލިޔަނަރެއް ކަމުގައިވާ އަރްކާޑީ ރޮމަނޮވިޗް ރޮޓެންބާގްގެ ޖެޓެކެވެ. ފޯބްސް މަޖައްލާގެ މުއްސަނދިންގެ ލިސްޓުން ދައްކާގޮތުގައި މި މަހުޖަނުގެ މިލްކިއްޔާތުގައި 2.5 ބިލިއަން ޑޮލަރު ހުންނާނެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި ޖެޓުގެ އިތުރުން އިތުރު ބައެއް ޖެޓްތަކާއި ބައެއް ބޮޑެތި ޔޮޓްތައް ރާއްޖެ އަންނަނީ ރާއްޖެއަކީ އެ ފަރާތްތަކަށް ރައްކާތެރި އަދި އެމެރިކާއާއި އެމެރިކާގެ ގާތް ގައުމުތަކަށް ފިޔަވަޅު ނޭޅޭނެ ގައުމަކަށް ރާއްޖެ ވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް