ދުނިޔޭގެ ޤަދީމީ އާސާރުތައް ޙިމާޔަތްކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީފޯރުކޮށްދިނުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި އައްޑޫސިޓީ ކޯގަންނު ޤަބުރުސްތާނު ހިމަނައިފިއެވެ.
ކޯގަންނު ޤަބުރުސްތާނު މި ލިސްޓުގައި ހިމަނާފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި އައްޑޫ ކޯގަންނު ޤަބުރުސްތާނު ހިމެނިގެން ދިއުމަކީ އައްޑޫ ސިޓީގެ އިތުރުން މުޅި ރާއްޖެއަށްވެސް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.
ނުވަ ސަތޭކަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކޯގަންނު ޤަބުރުސްތާނަކީ ދިވެހިރާއްޖޭގައި މިހާރު ފެންނަން އެންމެ ތާރީޚީ ޤަދީމީ ޤަބުރުސްތާނެވެ.
މީގެ އިތުރުން މިއީ މުސްލިމުން ވަޅުލުމަށްޓަކާ ޤަބުރުސްތާނެއްގެ ގޮތުގައި ވަކި ސަރަޙައްދެއް ކަނޑައަޅާ ރާއްޖޭގައި ހެދުނު އެންމެ ފުރަތަމަ ޤަބުރުސްތާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް