ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަތަރު ވަނަ އަހަރީ ދުވަހާ ގުޅިގެން އައިޕީޑީ ސާޖަރީ ތަކުގެ އަގުތަކަށް ހެޔޮ ބަދަލު ގެނެސްފިއެވެ.
ޓްރީ ޓޮޕުން ބުނީ އަގުތައް ކުޑަކޮށްފައިވާ ހިދުމަތްތަކުގެ ތެރޭގައި އާއްމު އޮޕަރޭޝަން ތަކަށް ހާއްސަ ނުވަތަ ޖެނަރަލް ސާޖަރީ، ނާރުގެ ސަރޖަރީ ނިއުރޯ ސާޖަރީ، އެތެރެ ހަށީގެ ބޭސް ނުވަތަ އިންޓާނަލް މެޑިސިން، އަންހެނުންގެ ހާއްސަ ނުވަތަ އޮބްސްޓެޓްރިކްސް އަދި ގައިނެކޮލޮޖީ، އަދި ކަށީގެ ބަލިތަކަށް ހާއްސަ ނުވަތަ އޮރްތޯޕެޑިކްސް ހިމެނޭކަމަށެވެ.
އެހޮސްޕިޓަލުން އަންނަނީ ރާއްޖޭގެ ހުރިހާ އިންޝުއަރެންސް ކުންފުނި ތަކުގެ އިތުރުން އިންޓަނޭޝަނަލް އިންޝުއަރެންސް ކުންފުނިތަކުގެ ކޭޝްލެސް ސިއްހީ ފަރުވާގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުންވެސް އެންސްޕާ އަދި އާސަންދައިގެ އެހީގައި ހޮސްޕިޓަލުގެ ހިދުމަތްތައް ކަވަރ ކޮށްދިނުމުގެ އިންތިޒާމު އެ ހޮސްޕިޓަލުން ވަނީ ހަމަޖައްސައިފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ހުރި މަލްޓި-ސްޕެޝިއަލިޓީ ހިދުމަތްތައްދޭ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް