ރޯދަޔަށް ވަގުތީ މާރުކޭޓްތަކެއް ހަދައި ގޮޅި ދޫކުރަން ސިޓީ ކައުންސިލުން އިއުލާނުކޮށްފި

ކުރިއަށް އޮތް ރޯދަމަހަށް މާލޭގައި ވަގުތީ މާރުކޭޓްތަކެއް ގާއިމްކޮށް ގޮޅި ދޫކުރަން ނިންމައި އެކަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. އެގޮތުން އެ ކައުންސިލުން މިއަދުކޮށްފައިވާ އިއުލާނުގައި ބުނެފ...

02 Mar 2022 | 06:20

ކުރިއަށް އޮތް ރޯދަމަހަށް މާލޭގައި ވަގުތީ މާރުކޭޓްތަކެއް ގާއިމްކޮށް ގޮޅި ދޫކުރަން ނިންމައި އެކަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

އެގޮތުން އެ ކައުންސިލުން މިއަދުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރަމަޟާން މަހާއިގުޅިގެން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތަރުކާރީއާއި،މޭވާގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން މާލޭ ސިޓީކައުންސިލުން މާލޭ ދެ ސަރަހައްދެއްގައި ގާއިމްކުރާ ވަގުތީ މާރުކޭޓުތަކުން ގޮޅިދޫކުރުމަށް ވަނީ ހަމަޖެހިފައިވަކަމަށާއި ގޮޅި ދޫކުރަން ހަމަޖެހިފައިވަނީ ދެ މަސްދުވަހުގެ މުއްދަތަށް ކަމަށެވެ.

"މާލެސިޓީގައި ރަމަޟާންމަހަށް ޚާއްސަކޮށްގެން ގާއިމުކުރާ ވަގުތީ މާރުކޭޓުތަކުން ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ތައިސޭކޮށީގައި ހުންނަ މިކައުންސިލްގެ ޢާންމުޚިދުމަތްތަކާއި ބެހޭބައިން ގޮޅިއަށް އެދޭ ފޯމްނަންގަވައި ފުރުއްވުމަށްފަހު 10 މާރޗް 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޢާންމުޚިދުމަތްތަކާ ބެހޭބަޔަށް ފޯމް ހުށަހެޅުއްވުން އެދެމެވެ." ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން މި ފުރުސަތު ހުޅުވާލާފައިވާއިރު ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް މާރުކޭޓުތަކަށް ވަރަށް ބާރުބޮޑުވެގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް