ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޔޫރަޕްގެ ގައުމެއް ކަމަށްވާ މޯލްޓާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިރޭ މޯލްޓާ އަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ނަޝީދު މޯލްޓާއަށް ވަޑައިގަންނަވަނީ އަބްދުލް އަޒީޒް ސައުދު އަލް ބަބްޓައިން ކަލްޗަރަލް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން މޯލްޓާގައި ބާއްވާ "ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސް"ގެ ބައްދަލުވުމަށް ދައުވަތު އަރުވާފައިވާތީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސް ނަޝީދާއެކު އެ ބައްދަލުވުމަށް މޯލްޓާއަށް ވަޑައިގަންނަވާނީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.
މާދަމާ ފަށާ އެ ބައްދަލުވުން ހުކުރު ދުވަހާ ހަމައަށް ކުރިއަށް ދާނެއެެވެ. އަދި މި ބައްދަލުވުމަށް ފަހު އާދިއްތަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް އުއްމީދުކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް