ޔޫކްރެއިން ހިފުމަށް ރަޝިއާއިން އެ ގައުމަށް އަރައި ކުރަމުންދާ ހަނގުރާމައިގަ އެމެރިކާއިން ބައިވެރި ނުވާނެ ކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
ޔޫކްރެއިން ހަނގުރާމަފެށިތާ ފަސް ދުވަސް ފަހުން އެމެރިކާގެ ރައީސް ބައިޑެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމެރިކާގެ ހުރިހާ ރައްޔިތުން ތިބީ ޔޫކްރެއިން ރައްޔިތުންނާއި އެކު ކަމަށެވެ. އަދި އެ ހަނގުރާމައިގަ އެމެރިކާގެ ތާއީދު އޮތީ ޔޫކްރެއިންއަށް ކަމަށް ވިދާޅުވި އެވެ.
ބައިޑަން ވިދާޅުވީ ހަނގުރާމަ ކުރަނ ޔޫކްރެއިންގެ ފަސް ގަނޑަށް އެމެރިކާއިން ނުދިޔަޔަސް ނޯތް އެތްލާންޓިކް ޓްރިއަޓީ އޮގަނައިޒޭޝަން (ނޭޓޯ) ގެ ގައުމުތައް ހިމާޔަތް ކުރުމަށް އެ ގައުމުން ކޮންމެ ހާލެއްގައިވެސް ހަރަކާތްތެރިވާނެ ކަމަށެވެ. މިހާރު އެމެރިކާގެ ކަނޑާއި ވައި އަދި އެއްގަމުގެ ސިފައިންގެ ފައުޖުތައް އޮތީ ތައްޔާރީ ހާލަތުގައި ކަމަށް ވިދާޅުވި އެވެ.
ނޭޓޯގެ ގައުމުތަކުގެ ގޮތުގައި ތުރުކީ، އިނގިރޭސިވިލާތް، ގްރީސް، ޖަރުމަނުވިލާތް، ފަރަންސްސޭސިވިލާތް، ހަންގޭރީ އަދި ޗެކްރިޕަބްލިކް ހިމެނޭހެން30 ގައުމުގެ ވެ އެވެ. ބައިޑަންވިދާޅުވީ އެ ގައުމުތަކުގެ އިތުރުން ޕޮލޭންޑާއި ލަތްވިއާ، ލިތުއޭނިއާ އަދި ރޮމޭނިއާ އާއި އީސްޓޯނިއާ ހިމާޔަތް ކުރުމުގައި އެމެރިކާ ފައުޖުތައް ތިބޭނީ އަބަދުވެސް ތައްޔާރީ ހާލަތުގައި ކަމަށެވެ.
ބައިޑަން އިތުރަށް ވިދާޅުވީ ޔޫކްރެއިން ހަނގުރާމައިން ފައިދާތަކެއް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއަށް ކުރިޔަސް މުސްތަގުބަލަށް ވިސްނާއިރު ކުރި ކަންތަކުގެ އަގު އުފުލަން ޖެހޭނެ ކަމަށެވެ. އަދި ޔޫކްރެއިންގެ ވެރިރަށް ކީވް ވަށާލައިގެން ތިބެގެން ރަޝީއާއަށް ދުވަހަކުވެސް ރައްޔިތުންގެ ލޯތްބާއި ތާއީދު ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.
ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވީ ޔޫކްރެއިންގައި އެ ގައުމުގެ އަސްކަރިއްޔައިން ހިންގަމުން ދަނީ އޮޕަރޭޝަނެއް ކަމަށެވެ. އަދި އެކަމުގެ ތެރެއަށް ހުޅަނގުގެ ބާރުގަދަ ގައުމަކުން ވަދެއްޖެ ނަމަ މި އޮޕަރޭޝަން ހަނގުރާމައަކަށް ބަދަލުވާނެ ކަމަށާއި އެއްވެސް ބަޔަކަށް ދޫދިނުމެއް ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް