ހުސްނީ މުބާރަކާ ދެކޮޅަށް އުފުލާފައިވާ ހުރިހާ ދައުވާއެއް އަނބުރާ ގެންގޮސްފި

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާއި ދެކޮޅަށް އުފުލާފައިވާ ހުރިހާ ދައުވާއެއް އަނބުރާ ގެންގޮސްފި އެވެ. މި ނިންމުން މިއަދު ނިންމާފައިވަނީ މިސްރުގެ ކޯޓަކުންނެވެ. މި ދައުވާ ތަކުގެ ތެރޭގައި 2011 ވަނަ އ...

02 Mar 2017 | 15:44

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކާއި ދެކޮޅަށް އުފުލާފައިވާ ހުރިހާ ދައުވާއެއް އަނބުރާ ގެންގޮސްފި އެވެ.

މި ނިންމުން މިއަދު ނިންމާފައިވަނީ މިސްރުގެ ކޯޓަކުންނެވެ. މި ދައުވާ ތަކުގެ ތެރޭގައި 2011 ވަނަ އަހަރު އެގައުމުގެ ސިޔާސީ މަސްރަހުގައި އައި ލޮޅުންތަކުގެ ތެރޭގައި 239 މީހަކު މަރުވުމާއި 1588 މީހުން ޒަހަމްވުމުން އުފުލާފައިވާ ދައުވާތައް ހިމެނެ އެވެ.

މިސްރުގެ ކޯޓަކުން މި ނިންމުން ނިންމާފައިމިވަނީ އެ ކުއްލި ގޮތަކަށް ހުސްނީ މުބާރަކް ކޯޓަށް ހާޒިރުކޮށް ކުރިއަށްގެންދިޔަ ޝަރީއަތަކަށް ފަހުގަ އެވެ. ހުސްނީ މުބާރަކާއި ދެކޮޅަށް އުފުލާފައިވާ ހުރިހާ ދައުވާއެއް އަނބުރާ ގެންގޮސްފައިވާއިރު 2012 ވަނަ އަހަރުގެ ތެރޭގައިވަނީ ހުސްނީ މުބާރަކު އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް