އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގެ ޓީމެއް އއ. ރަސްދޫއަށް!

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގެ ޓީމެއް އއ. ރަސްދޫގައި 02 އިން 03 މާރޗް އަށް ހަރަކަތާތްތެރިވަމުން އެބަގެންދެއެވެ. އެސްޓީއޯއިން މަޢުލޫމާތު ދެއްވި ގޮތުގައި މިދަތުރުގެ ބޭނުމަކީ އެސްޓީއޯއިން ހިންގާ އިޖްތިމ...

02 Mar 2017 | 14:42

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްގެ ޓީމެއް އއ. ރަސްދޫގައި 02 އިން 03 މާރޗް އަށް ހަރަކަތާތްތެރިވަމުން އެބަގެންދެއެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވި ގޮތުގައި މިދަތުރުގެ ބޭނުމަކީ އެސްޓީއޯއިން ހިންގާ އިޖްތިމާއީ ހަރަކާތްތަކުގެ ތެރެއިން ހަރަކާތްތަކެއް އއ. ރަސްދޫ ކައުންސިލްއާއި ގުޅިގެން އެރަށުގައި ކުރިއަށްގެންދިއުމެވެ.

މިގޮތުން އެސްޓީއޯ ޓީމްވަނީ ރަށުގެ ޕްރީސްކޫލްގެ ފާރުގައި އަދި ޕާރކުގައި ކުލަލުމަށް ބޭނުންވާ ނިޕޯން ޕެއިންޓް ހަދިޔާކޮށްފައެވެ. މީގެ އިތުރުން ޕްރީސްކޫލަށް ހިޓާޗީ ޕްރޮޖެކްޓަރަކާއި ރަށުގެ މިސްކިތައް ވެކިއުމް ކްލީނަރ އެއް ވަނީ ހަދިޔާކޮށްފައިވެއެވެ.

އެސްޓީއޯއިން ހާމަކުރާގޮތުގައި މިދަތުރުގައި ޓީމުންވަނީ ރަށުގެ ޕްރީސްކޫލް ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ. މި ހަވީރުގައި އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ވިއްކާ ބްރޭންޑްތަކާއިބެހޭ މަޢުލޫމާތު ހިއްސާކޮށް، ޕްރޮޑަކްޓްތައް ބޭނުންކުރާނެ ގޮތްތައް ކިޔައިދީފައިވާނެއެވެ. މިހަވީރަށް ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ވަނީ ލިބިފައިވެއެވެ. މިދަތުރު ނިންމުމަށްފަހު އެސްޓީއޯގެ ޓީމް މާލެ އައުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަހުއެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއަކީ ހިޓާޗީ، ފިލިޕްސް، މަކިޓާ، ނިޕޯން އަދި ސެމްސަންގް ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް