ނޫސްވެރިންނަށް ބިރުދައްކާތީ މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ފ ނިލަންދޫ އިން އިންޑިޕެންޑެންޓް ނޫހުގެ ދެ ނޫސްވެރިއަކަށް ބިރުދައްކައި އަދި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް އިންޒާރުދިން ކަމަށް އެޓީވީން ބުނެފައިވާއިރު ނޫސްވެރިންނަށް ބިރުދައްކާތީ މީޑިއާ ކައުންސިލުން ކަނ...

02 Mar 2017 | 14:30

ފ ނިލަންދޫ އިން އިންޑިޕެންޑެންޓް ނޫހުގެ ދެ ނޫސްވެރިއަކަށް ބިރުދައްކައި އަދި ރާއްޖެ ޓީވީގެ ނޫސްވެރިންނަށް އިންޒާރުދިން ކަމަށް އެޓީވީން ބުނެފައިވާއިރު ނޫސްވެރިންނަށް ބިރުދައްކާތީ މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވބަނީ ފ ނިލަންދޫގައި 1 މާރިޗް 2017 ވަނަ ދުވަހުގެ ރޭ، މޯލްޑިވްސް އިންޑިޕެންޑެންޓްގެ ދެ ނޫސްވެރިއަކަށް ކުރިމަތިވި ނުރައްކާތެރި ހާދިސާއާ މެދު މޯލްޑިވްސް މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އަދި ރާއްޖެ ޓީވީގެ ނޫސްވެރިންނަށްވެސް މިއަދު އިންޒާރެއް ދީފައިވާކަމަށް މި ކައުންސިލަށް މައުލޫމާތި ލިބިފައިވާތީ، އެކަމާމެދު ވެސް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

"މިކަންކަން ހުށަހެޅިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ، މި ކައުންސިލަށް ކަށަވަރުކޮށްދެއްވާފައި، އެފަދަ އަމަލުތަކަކީ، މިނިވަން ނޫސްވެރިމަށް ހުރި ހުރަސްތަކެއް ކަމަށް ދެކެން، އެފަދަ އެއްވެސް އަމަލަކީ، ދިވެހި އިސްލާމީ މުޖުތަމައުގައި އެއްވެސް ހާލެއްގައި ހިނގައިގެންވާނެ ކަމެއް ކަމަށް މި ކައުންސިލުން ގަބޫލެއް ނުކުރަން" މީޑިއާ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެފަދަ އެންމެހައި ނޭދެވޭ އަމަލުތައް މޯލްޑިވްސް މީޑިއާ ކައުންސިލުން ކުށްވެރިކުރާ ކަމަށާއި އަދި އެފަދަ ކަންކަމަށް މަގުފަހިވެދާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތެއްގެ އަމަލުތައް ނުބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް