ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑުކޮށްފި

ސިނގިރޭޓާއި އެނަޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލް ރައްޔިތުންގެ މަޖިލ...

02 Mar 2017 | 10:19

ސިނގިރޭޓާއި އެނަޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ އިއްޔެ އެވެ. މި ބިލު ރައީސް މިއަދު ތަސްދީގު ކުރެއްވުމުން ދެން ސިނގިރޭޓު ފޮށްޓެއް ވިއްކާނީ މިހާރު ވިއްކާ އަގަށްވުރެ 20 ރުފިޔާ ބޮޑު ކޮށެވެ. އެނާޖީ ޑްރިންކް ދަޅެއް ވިއްކާނީ އަށް ރުފިޔާ ބޮޑު ކޮށެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރެވެ.

ބިލް ފާސް ކުރި އިރު ސޮފްޓް ޑްރިންކުން ޑިއުޓީގެ ގޮތުގައި ލިޓަރަކަށް 4.60ރ. ނެގުމަށާއި އެނާޖީ ޑްރިންކުން ލިޓަރަކަށް 33.64ރ. ނަގަން ވަނީ ފާސްކޮށްފައި އެވެ. މީގެ އިތުރުން މިހާރު ސިނގިރޭޓަކަށް ނަގާ 1.25ރ ގެ ޑިއުޓީ އަށް 75ލ. ބޮޑުކޮށް، ސިނގިރޭޓްގެ ކޮންމެ އިންވޮއިސްގެ ޖުމްލަ އަގުން 25 ޕަސެންޓް ނަގަން ފާސްކޮށްފަ ވެ އެވެ.

ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރުމުން، މިހާރު އެއެއިން ލިބޭ އާމްދަނީ އަށް، 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް