އުނގޫފާރުގެ އިސްލާމީ މަރުކަޒު އަޅަން 25 މިލިއަން ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފި

ރ. އުނގޫފާރުގައި އަޅާ އިސްލާމީ މަރުކަޒުގެ މަސައްކަތް އެސްޖީ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފި އެވެ. އުނގޫފާރުގައި އަޅާ މި އިސްލާމީ މަރުކަޒަކީ ރަހުމް ކުޑަ ގޮތަކަށް އަވަހާރަކޮށްލި ރައްޔިތުންގެ މަޖިލީހުގެ ...

02 Mar 2017 | 08:14

ރ. އުނގޫފާރުގައި އަޅާ އިސްލާމީ މަރުކަޒުގެ މަސައްކަތް އެސްޖީ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފި އެވެ.

އުނގޫފާރުގައި އަޅާ މި އިސްލާމީ މަރުކަޒަކީ ރަހުމް ކުޑަ ގޮތަކަށް އަވަހާރަކޮށްލި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ އަފްރާޝީމް އަލީގެ ހަނދާނުގައި އަޅާ މަރުކަޒެކެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ 25 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ. އެސްޖީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝާހިދެވެ.

މި މަސައްކަތް އެސްޖީ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވަނީ ބިޑު ކުރުމާއި ނުލައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ބިޑް ނުކޮށް މަސައްކަތް ހަވާލު ކުރަނީ އާންމުކޮށް ސަރުކާރުން އަވަހަށް ނިންމަން ބޭނުންވާ މަސައްކަތްތައް ކަމަށެވެ. އަދި މިގޮތަށް މަސައްކަތް ހަވާލު ކުރަނީ ސަރުކާރުގެ މަސައްކަތްތައް ކޮށްފައިވާ ކުންފުނިތަކަށެވެ.

މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 510 ދުވަހުގެ ތެރޭގައި އެވެ. މިސްކިތުގައި 1000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

މަސައްކަތް ނިމޭއިރު އުނގޫފާރު އިސްލާމީ މަރުކަޒުގައި ނަމާދު ކުުރާ ހޯލެއްގެ އިތުރުން ކްލާސްރޫމުތަކާއި ލައިބްރަރީއެއް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް