ރާއްޖެ ޓީވީގެ ނޫސްވެރިން ފ. އަތޮޅަށް ނޭރުމަށް އަންގައި މަރުގެ އިންޒާރު ދީފި

ރާއްޖެ ޓިވީގެ ނޫސްވެރިން ފ. އަތޮޅަށް ގޮސްފި ނަމަ މަރާލާނެ ކަމުގެ އިންޒާރު ދީފި އެވެ. ރާއްޖެ ޓީވީން ބުނީ މަރުގެ އިންޒާރު ދީފައިވަނީ އެ ސްޓޭޝަނަށް ގުޅައިގެން ކަމަށެވެ. އެ މީހާ ބުނެފައިވަނީ ފ. އަތޮޅަށް ނ...

02 Mar 2017 | 07:15

ރާއްޖެ ޓިވީގެ ނޫސްވެރިން ފ. އަތޮޅަށް ގޮސްފި ނަމަ މަރާލާނެ ކަމުގެ އިންޒާރު ދީފި އެވެ.

ރާއްޖެ ޓީވީން ބުނީ މަރުގެ އިންޒާރު ދީފައިވަނީ އެ ސްޓޭޝަނަށް ގުޅައިގެން ކަމަށެވެ. އެ މީހާ ބުނެފައިވަނީ ފ. އަތޮޅަށް ނޫސްވެރިން ފޮނުވައިފި ނަމަ އެމީހުން ރާއްޖެ ޓިވީގެ ނޫސްވެރިން މަރާލާނެ ކަމަށެވެ. އެ ސްޓޭޝަނުން ބުނީ މިއަދު ދެ ތިން ފަހަރު އޮފީހުގެ ނަމްބަރަށް ގުޅާފައިވާ ކަމަށާއި އެ ގުޅާ މީހަކު މުއާމަލާތް ކުރަނީ ހަޑި ހުތުރު ބަހުން ކަމަށެވެ.

އެ ސްޓޭޝަނުން ބުނީ އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އެގޮަތަށް ބިރު ދެއްކިޔަސް ހަބަރާއި މައުލޫމާތު ހޯދުމަށް ކުރަް ޖެހޭ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

ރާއްޖެ ޓީވީގެ ޓީމެއް ފ. އަތޮޅަށް ދިއުމަށް ވަނީ ހަމަޖެހިފައި އެވެ. އެ ސްޓޭޝަނުން ބުނީ ބިރުދެއްކި މީހުން ވަނީ އެ ޓީމް އެ އަތޮޅުގެ ރަށްރަށް ދާ ގަޑިތައް އެނގޭ ކަމަށް ބުނެ މަގުމަތިން ފެނިއްޖެނަމަ ހަމަލާ ދޭނެ ކަމަށް ބުނެފައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ އަތޮޅުގައި މައުލޫމާތު ތަކެއް ހޯދުމަށް ގޮސް އުޅޭ "ދި އިންޑިޕެްޑެންޓް" ގެ ދެ ނޫސްވެރިއަކަށް ވަނީ ފ. ނިލަންދޫ މަގުމަތިން ގްރޫޕަކުން ދިމާކޮށް ފުރައްސާރަކޮށް ބިރު ދައްކާފައި އެވެ. އެހެންވެ އެ ދެ ނޫސްވެރިން ތިބީ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުގެ ހިމާޔަތް ހޯދަިއގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް