ސެމްސަންގް އެސް 8 ކަމަށްބުނެ އަނެއްކާވެސް އައު ފޮޓޮއެއް، މިއީ އަސްލު ޑިޒައިނަށް ވެދާނެތަ !

ނިމިދިޔަ އަހަރު ސެމްސަންގުން ނެރުނު ނޯޓް 7 އަތަށް ގޮވުމުން ލިބުނު ކޮޅުކެއްސަށްފަހު މި އަހަރުގެ އޭޕްރީލް މަހުގައި އެ ކުންފުނީގެ އައު ފޯނު އެސް 8 ލޯންޗް ކުރަން ތައްޔާރުވަމުން އަންނައިރު އަނެއްކާވެސް މިވ...

02 Mar 2017 | 02:32

ނިމިދިޔަ އަހަރު ސެމްސަންގުން ނެރުނު ނޯޓް 7 އަތަށް ގޮވުމުން ލިބުނު ކޮޅުކެއްސަށްފަހު މި އަހަރުގެ އޭޕްރީލް މަހުގައި އެ ކުންފުނީގެ އައު ފޯނު އެސް 8 ލޯންޗް ކުރަން ތައްޔާރުވަމުން އަންނައިރު އަނެއްކާވެސް މިވަނީ އެސް 8ގެ ފޮޓޮއެއް ކަމަށްބުނެ ފޮޓޮލެއް އާއްމުކޮށްލާފަ އެވެ.

މިފަހަރު މި ފޮޓޯ އާއްމުކޮށްފައިވަނީ އިވާން ބްލާސް ނަމަކަށް ކިޔާ މީހެކެވެ. މިއީ މި ފަހަކަށް އައިސް ޓެކްނޮލޮޖީ ކުންފުނިތަކުގެ އެތެރޭގެ މައުލޫމާތުތައް ލީކު ކުރުމުގައި ފުންނާބު އުސް ފަރާތެކެވެ.

ބްލާސް އާއްމުކޮށްފައިވަ ފޮޓޮއިން ފެންނަނީ ފޯނުގެ ޑިސްޕްލޭ ފަރާތެވެ. މި ފޮޓޯއިން ފެންނަ ފޯނަކީ އެސް 8 ކަމުގައި ވަރަށް ބޮޑަށް ބެލެވޭ ކަމުގައި ޓެކްނޮލޮޖީގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް