ރީ ރެޖިސްޓްރޭޝަންގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށްވެހިފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ހުޅުވާލާފައި މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ރީރެޖިސްޓްރޭޝަންގެ މުއްދ...

02 Mar 2017 | 01:20

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށްވެހިފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ހުޅުވާލާފައި މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީރެޖިސްޓްރޭޝަންގެ މުއްދަތު މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އެންމެ ފަހުން މުއްދަތު އިތުރު ކުރީ ފެބްރުއަރީ މަހުގެ ނިޔަލަށެވެ.

ރާއްޖޭގައި ނަމަ ރަޖިސްޓަރީކުރުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 3:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރު ފަހު 3:00 އިން ހަވީރު 5:00 އަށެވެ.

ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ރަޖިސްޓަރީ ކުރުން އޮންނާނީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:30 އިން ހަވީރު 4:00 އަށް އަދި ބަންދު ދުވަސް ދުވަހު މެންދުރު 12:00 އިން ހަވީރު 5:00 އަށެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް