ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އަދި ވެޓެރަން އެކްޓަރު ކާދަރު ޚާންގެ ކަކުލުގެ އޮޕަރޭޝަނެއް ދާދި ފަހުން ކޮށްފައިވާއިރު އެ އޮޕަރޭޝަން ގޯހުން ގޯހަށް ދިއުމުން އިތުރު ފަރުވާއަށް ކެނެޑާއަށް ގޮސްފި އެވެ.
ކާދަރު ޚާންގެ ސިއްހީ ހާލަތާއި ބެހޭގޮތުން އެއްމެ ފަހުގެ މައުލޫމާތު މީޑިއާއާއި ހިއްސާކޮށްފައިވަނީ ކާދަރު ޚާން އާއެކު އެތައް ފިލްމެއްގައި އެކްޓް ކޮށްފައިވާ ބޮލީވުޑް ކޮމީޑިއަން ޝަކްތީ ކަޕޫރެވެ. ޝަކްތީ ބުނެފައިވަނީ ކާދަރު މިހާރު އުޅެމުން އަންނަނީ ފުރޮޅުލީ ގޮނޑީގެ އެހީގައި ކަމަށެވެ.
އުމުރުން މިހާރު 79 އަހަރުވެފައިވާ ކާދަރު ޚާން މަރުވެއްޖެ ކަމުގައިބުނެ މިދިޔަ އަހަރުގެ ތެރޭގައި ހަބަރު ފަތުރާފައިވާއިރު މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ކާދަރު ޚާން އަންނަނީ އޭނާގެ ކަކުލަށް ފަރުވާ ހޯދަމުންނެވެ. އޭނާގެ އާއިލާއިން ބުނެފައިވަނީ ކަކުލުގައި މައްސަލައެއް އުޅުން ފިޔަވައި އިތުރު އެއްވެސް ސިއްހީ ގޯހެއް ކާދަރުގެ ކިބައިގާ ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް