ސްވައިން ފްލޫ ޖެހިދާނެތީ ސަލްމާން ހާން ނުކުރާ ކަމެއްނެތް

ސަލްމާން ހާން އާއި އެކު ފިލްމެއްގެ ޝޫޓިންގައި އުޅެނިކޮށް ސްވައިން ފްލޫއަށް ޕޮޒިޓިވް ވެގެން ސޯނަމް ކަޕޫރު ދާން ޖެހުމުން ސަލްމާން ހާން ވަރަށް ބޮޑަށް ހާސްވެއްޖެ އެވެ. ގުޖްރާތު ސްޓޭޓުގެ ރާޖްކޮޓް ކައިރީގައ...

02 Mar 2015 | 15:13

ސަލްމާން ހާން އާއި އެކު ފިލްމެއްގެ ޝޫޓިންގައި އުޅެނިކޮށް ސްވައިން ފްލޫއަށް ޕޮޒިޓިވް ވެގެން ސޯނަމް ކަޕޫރު ދާން ޖެހުމުން ސަލްމާން ހާން ވަރަށް ބޮޑަށް ހާސްވެއްޖެ އެވެ.

ގުޖްރާތު ސްޓޭޓުގެ ރާޖްކޮޓް ކައިރީގައި އޮންނަ ގޮންޑަލް ގައި ސޫރަޖް ބަރްޖަތިޔާގެ “ޕްރޭމް ރަތަން ދަން ޕާޔޯ” ގެ ސޫޓިން އެއްގައި އުޅެނިކޮށް ސޯނަމް އަށް ސްވައިން ފްލޫ ޖެހުމުން އެ ފިލްމްގައި މަސައްކަތް ކުރާ އެންމެން ވަނީ ހޮސްޕިޓަލަށް ގޮސް ޓެސްޓް ހަދާފައި އެވެ. ނަމަވެސް އަދި އެ ޓެސްޓްތަކުގެ ނަތީޖާ އެއް ނުލިބެ އެވެ.

ރިޕޯޓުތައް ބުނާގޮތުން  ހޮސްޕިޓަލުން ހެދި ޓެސްޓްގެ ނަތީޖާ ލިބިދާނެ ގޮަތަކަށް ބަލައި ސަލްމާން ދަނީ ގޭގައި އެފަދަ ބަލިތަކުން ސަލާމަތްވާން ހަދާ ބޭސްތައް ހަދައިގެން ބޭނުން ކުރަމުން ނެވެ. އެގޮތުން ފާޑު ފާޑުގެ ފަތްޕިލާލި އެއްކޮށްގެން އެއްޗެހި ހަދައިގެން ގައިގަ އުނގުޅުމުގެ އިތުރުން އަޔޫރްވެދިން ބުއިންތައް ސަލްމާން ދަބީ ބޮމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިލްމްގެ ޝޫޓިން ކުރިޔަށް ދަނީ ގޮންޑަލްގެ ޝާހީ އާއިލާއެއްގެ ގެއެއްގަ އެވެ. ސަލްމާންއަށް ބަލިން ރައްކާތެރިވާން އެއްޗެހި ހަދައިގެން ބޯންދެނީ އެ އާއިލައިންނެވެ.

އެ ފިލްމްގައި ސަލްމާންގެ ދައްދަ އެއްގެ ރޯލް ކުޅޭ ސްވަރާ ބާސްކަރު ބުނެފައިވަނީ ފިލްމްގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށާއި އެކަމަކު ފިލްމްގެ މަންޒަރުތައް ނަގަން ނޫނީ އަނގަމަތިން އެއްވެސް މީހަކު މާސްކު ނުނަގާ ކަމަށެވެ.

ސޯނަމް ކަޕޫރަށް މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދާއިރު އޭނާގެ ފަރާތުން މީޑިއާގައި ބުނެފައިވަނީ ސޯނަމްގެ ހާލު އެހާ ސީރިއަސް ނޫންކަމަށާއި ވަރަށް އަވަހަށް މަސައްކަތަށް ނުކުމެވޭވަރުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް