ޑިފެންސް މިނިސްޓަރުގެ ނަމުގައި ހަދައިގެން އުޅެނީ ފޭކް އެކައުންޓްތަކެއް: އެމްއެންޑީއެފް

ސޯޝަލް މީޑިއާގައި ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލުގެ ނަމުގައި ސޯޝަލް މީޑިއާގައި ހަދާފައިވާ އެކައުންޓް ތަކަކީ ފޭކް އެކައުންޓްތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއ...

02 Mar 2015 | 08:07

ސޯޝަލް މީޑިއާގައި ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލުގެ ނަމުގައި ސޯޝަލް މީޑިއާގައި ހަދާފައިވާ އެކައުންޓް ތަކަކީ ފޭކް އެކައުންޓްތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވަނީ މީޑިއާތަކަށް މިއަދު ކޮށްފައިވާ މެސެޖެއްގަ އެވެ. އެ މެސެޖުގައި ބުނެފައިވަނީ ޑިފެންސް މިނިސްޓަރުގެ ނަމުގައި ހަދާފައިވާ ފޭސްބުކް އަދި ޓްވިޓާ އެކައުންޓަކީ ފޭކް އެކައުންޓްތަކެއް ކަމަށެވެ. ޑިފެންސް މިނިސްޓަރަކީ ސޯޝަލް މީޑިއާ ބޭނުން ކުރައްވާ ބޭފުޅެއް ނޫން ކަމަށްވެސް އެމްއެންޑީއެފްގެ މެސެޖުގައި ބުނެފައި ވެއެވެ.

ޑިފެންސް މިނިސްޓަރުގެ ސޯޝަލް އެކައުންޓްތަކަކީ ފޭކް އެކައުންޓްތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވާއިރު މި ދުވަސްވަރަކީ ސިޔާސީ ބައެއް ފަރާތަތްކުގެ ސޯޝަލް މީޑިއާ ހެކް ކުރުމާއި ފޭކް އެކައުންޓްތައް ހަދައިގެން ބޭނުންކުރުން އިތުރުވެފައިވާ ދުވަސްވަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް