ރައީސް އަބްދުﷲ ޔާމީން މިހާރު އިހްސާސް ކުރައްވަމުން އެގެންދަވަނީ އަމިއްލަފުޅަށް ކޯލިޝަން ރޫޅާލުމުގެ ހިތިކަން ކަމަށް ރައީސް ޔާމިން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވެވި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނު އަބުދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވަވާ ނިމުނުތަނާހެން ކުރެއްވި ޓުވީޓެއްގަ އެވެ. އިމްރާން ވިދާޅުވެފައިވަނީ ރައީަސް ޔާމީން މިހާރު އެ އިހުސާސް ކުރައްވަނީ ވެރިކަން ގެނައި ކޯލިޝަން ރޫޅާލުމުގެ ހިތިކަން ކަމަށެވެ.
https://twitter.com/ShImranAb/status/572265545640198144
އިމްރާންގެ އެ ޓުވިޓާއި އެކު ވަނީ މިއަދުގެ ޖަލްސާގައި އިދިކޮޅު މެންބަރުން މަޖިލީސްތެރޭ ތެދުވެ ރިޔާސީން ބަޔާން އިއްވިޔަ ނުދިނުމަށް ކުރިޔަށް ގެންދިޔަ ކަންކަމުގެ ފޮޓޯއެއް ލާފައި އެވެ.
މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީ އާއި ޖޭޕީގެ މެންބަރުން ވަނީ ރިޔާސީ ބަޔާން އިއްވިޔަ ނުދިނުމަށް އަޑުގަދަކޮށް ރިޔާސަތުގެ ކައިރިއަށް އެއްވެފައި އެވެ. އަދި އެ މެންބަރުން ވަނީ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ދޫކޮށްލުމަށް ގޮވާލާ އަޑު އުފުލާފައި އެވެ.
އެކަންކަމަށް ރައްދުދެއްވާ މިއަދުގެ ޖަލްސާ ނިންމަވާލެއްވުމަށް ފަހު ޖަލްސާ ދޫކުރައްވާ ނުކުމެވަޑައިގެންނަވަމުން ރައީސް ޔާމީން ވަނީ މެންބަރުންނާއި ދިމާއަށް އިނގިލި ތިރިކޮށްލައްވާފައި އެވެ. އެކަމާ ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންތަކެއް ރައީސް ޔާމިން އަށް ދަނީ އަމާޒުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް