ހުޅުމާލޭގައި ބާއްވަން އުޅުނު ޕޮންގަލް ފެސްޓިވަލް ހުއްޓުވާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ މި ހިނގާ ފެބްރުއަރީ 7 ވަނަ ދުވަހު "ޕޮންގަލް 2025" ނަމުގައި ބޭއްވުމަށް ރާވަމުންދިޔަ ފެސްޓިވަލް ނުބޭއްވޭނެކަމަށް އެ ފެސްޓިވަލް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުން އަންގާފައިވާނެކަމަށެވެ.
"އެ ފެސްޓިވަލް މިހާރު ކެންސަލް ކޮށްފައިވާކަމަށް އިންތިޒާމު ކުރާ ފަރާތްތަކުން މައުލޫމާތުދޭ" ފުލުހުން ބުނެފައިވެއެވެ.
މިފަދަ ހަރަކާތްތައް ހިންގާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުން އެކަން ހުއްޓުވާނެ ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް