އުރީދޫގެ ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ 2 ނަސީބުވެރިން ހޮވައިފި، އަދިވެސް އަގުހުރި އިނާމުތަކެއް ކުރިއަށް

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސް އިން ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދެއެވެ. މިއީ ކޮންމެ ...

02 Feb 2025 | 18:32

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސް އިން ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތުގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދެއެވެ.

މިއީ ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް ލިބޭގޮތަށް ބާއްވާ ހާއްސަ ލަކީ ޑްރޯއެކެވެ. މި ލަކީ ޑްރޯގައި ފުރަތަމަ ދެ ނަސީބުވެރިން ވަނީ ހޮވާފައެވެ. އަދި ކުރިއަށްވެސް ގިނަ އިނާމުތަކެއް ކަނޑައެޅިފައިވާކަމުގައި އުރީދޫއިން ބުނެއެވެ.

މި ލަކީޑްރޯގައި ބައިވެރިވެވޭނީ ހަމައެކަނި ރެހެންދި ޓާފުގައި ބަހައްޓާފައިވާ އުރީދޫ ޓެންޓުން އުރީދޫގެ ހިދުމަތެއް އެކްޓިވޭޓް ކޮށްގެންނެވެ. ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ނުވަތަ ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓްކޮށް، ނުވަތަ އެއާފައިބާ ޕެކޭޖެއް ގަނެގެން ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ގޯލްޑަން ފުޓްސަލް ރަނުގޭ ފުރުސަތު ލަކީ ޑްރޯގައި ކޮންމެ ހަފުތާއަކު ވެސް ތަފާތު އިނާމުތައް ލިބޭއިރު، އޭގެ ތެރޭގައި ހިމެނެނީ:

  • ސްމާޓް ޓީވީއެއް
  • ރެފްރިޖަރޭޓަރެއް
  • ސޯފާ ސެޓެއް
  • މައިކްރޯވޭވް އަވަން
  • ސްރީލަންކާއަށް ދެ ރިޓާން ޓިކެޓް

ގޯލްޑަން ފުޓްސަލް ޗެލެންޖް ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހާ ހަމައަށް މެޗުތައް ކުރިއަށްދާއިރު، ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުގައި ޚިދުމަތް ދިނުމަށް ސްޓާފުން ހަރަކާތްތެރިވަމުންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް