ސްކޭމަރެއްގެ ސްކޭމެއްގައި އިތުރު ބަޔަކު ޖެހިފައިވޭތޯ ބަލަން ފުލުހުން މީހެއްގެ ވަނަވަރު ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންނާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކު މަކަރާއި ހީލަތުން އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ބެލުމަށް ބޭނުންވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ކެލާ/ ގަހާ، އާދަމް އިރުޝާންއެވެ.
އާދަމް އިރުޝާން، މަކަރާއި ހީލަތުން އެއްވެސް ފަރާތެއްގެ އަތުން ފައިސާ ހޯދާފައިވާނަމަ އެކަމުގެ މައުލޫމާތު ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 4005022 އަށް ނުވަތަ 9791462 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް